މި ކަމުގައި ލަދެކޭ ގަތީ، އަތްބައްތިއެއް ނޫން.. ނަންގަތިން

ކިޔާފައިވާ ޢަދަދު: 2713
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ކާފަމެން އަތްބައްތި ފުމެ ނިއްވާލިތަން އެއް އަރިމަތިން
                    ސާފުކޮށް ފެނުނޭ އަހަރެމެންނަށް  ދިމާ   ލޯ ކުރިމަތިން،

އޭރު މިގެ މީ ފަންފުރާޅެއް   ހަތަރު މުޑިޔަށް ބަރުކުރާ،
                    ބޭރު ބިތުގައި ވޭ ވަށައިގެން ތިންރެހަށް ފަންބަރި ދެތިން،

ގޭ ބަގީޗާއެއް، ތިޖޫރީއެއް    ނެތީމާ  އޭރުގާ،
                    ބޭނުމެއް ނޫން ފޯރި މެރުމަށް ބަޔަކު   ގޭ ތިރިޔާ މަތިން،

އެންމެ ރީތި ވާހަކަ (6)

ކިޔާފައިވާ ޢަދަދު: 2452
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު އަޖްމަލް ޙާމިދު
(5 ޖޫން 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ޔޫސުފްގެފާނާއި އެކަލޭގެފާނުގެ ޢާއިލާ މިޞްރުގައި ތިބުމުގެ ހުއްދައަށް އެދިވަޑައިގަތުމަށް ރަސްގެފާނާ ބައްދަލުކުރުމުގެ އިންތިޒާމުތައް އެކަލޭގެފާނު ހަމަޖެއްސެވިއެވެ. ޔޫސުފްގެފާނަކީ މުޅި ރަސްކަމަށްވެސް ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. މިސަބަބަށްޓަކައި އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ޢާއިލާ މިޞްރުގައި ތިބުމުގެ އިޒުނަ ރަސްގެފާނު ދެއްވެވީ ނުހަނު އުފަލާއެކުއެވެ. އެހިނދު ޔޫސުފްގެފާނު މާތް ﷲ އަށް ޝުކުރުގެ ސަޖިދަ ޖެއްސެވިއެވެ.

ޚާލިޤުވަންތަ ﷲ

ކިޔާފައިވާ ޢަދަދު: 1825
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ނަޞީރު، އއ.މާޅޮސް
ވުޖޫދާ ކާއިނާތު އުފެއްދެވީ، މަތިވެރިވިމާތް ﷲ
           ނުޖޫމާ އިރުހަނދާ އަފުލާކުތައް ލެއްވީ އިތުރު ﷲ

މަލާމެލި އޭގެ މީރުވަހާ، ބަލާލަން ރީތި ފިޔަ ހުރިހާ
           އަލާކެނޑިދާ ޢަބީރު އުފެއްދެވީ އިކުލީލުގައި   ﷲ

ގަހާގެހި ބިންތަކުން ފަޅުވައި، މަހާމެހި ކަނޑުތަކުން ދިރުވައި
           ބަހާރާ އަދި ޚަރީފު މިދޭހުގައި ލެއްވީ އިތުރު  ﷲ

އެއް ހާސް އަހަރު (ހަތް ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2535
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(3 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަހަރެން ކަލޭ މަރައެއް ނުލާނަން. މި ވަގުތަށް އެ ކަން އޮތީ އެހެން!!”

“އަސްލުގައި ވެސް ތަ؟” ޔަޤީން ކުރުމަށް ބިޝާރާ ސުވާލު ކުރިއެވެ.

“އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!” ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. “އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއް ވެސް؟”

އެންމެ ރީތި ވާހަކަ (5)

ކިޔާފައިވާ ޢަދަދު: 2317
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު އަޖްމަލް ޙާމިދު
(3 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކަންޢާނުން ފުރައިގެންދިޔައީ އެގާރަ އަޚުންނެވެ. އެނބުރި އައީ ނުވައެކެވެ. އެނބުރި އައީ މީހުން އެމީހުންގެ ބައްޕާފުޅާ ބައްދަލުކުރީ ހިތާމަވެރި ޚަބަރަކާއިގެންނެވެ. “އަހަރެމެންނަށް އެނގިފައިވާކަމަކަށް ނޫނީ، އަހަރެމެން ހެތްކެއް ނުވަމެވެ. ޣައިބުގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި އަހަރެމެން ނުވަމުއެވެ.” އެމީހުން ޔަހޫޛާ ކިޔައިދިންގޮތަށް ބަހުން ބަހަށް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ޔަޢުޤޫބްގެފާނުގެ ބަރަކާތްތެރި މޫނުފުޅުން ޝައްކުގެ ކުލަވަރު ފާޅުވިއެވެ.

ކުދިވާހަކަ (51)

ކިޔާފައިވާ ޢަދަދު: 3714
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (51)

ޝަރަފަށްޓަކައި

ޢައްބާސް އިބްރާހީމް
ކުޑަކުޑަ ޓައުނަކަށްދިޔަ ރިޕޯރޓަރަކު، އެތާނގެ ބައެއް މީހުންނާ ސުވާލުކުރަމުން ގެންދިޔައެވެ. އެމީހުންނަށް އެޓައުންގެ މޭޔަރު އެނގޭތޯއެވެ.
 
“އޭނާއަކީ ދޮގުހަދާ ޙީލަތްތެރިއެކެވެ.” ވިޔަފާރިއަކު ޖަވާބުދިނެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(58)

ކިޔާފައިވާ ޢަދަދު: 1689
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

އިގިރޭސި ސަރުކާރުގެ ވަފުދުގެ އަރިހަށް މޫންލައިޓް މީހެއް

“….ނުކެރޭނެ!”

ނޫސް ވިދާޅުވާ ބޭފުޅުންނަށް އެގިވަޑައިގަންނަވާނޭ ފަދައިން 1977-4-30 ގައި އިގިރޭސި ސަރުކާރުގެ ވަފްދެއް މާލެއަށް ޒިޔާރަތް ކުރެއްވިއެވެ. އެވަފްދުގައި ވަޑައިގަތީ މިނިސްޓްރީ އޮފް އޮވަރސީޒް ޑިވެލޮޕްމެންޓް އިކޮނޮމިސްޓް މިސްޓަރ ޖީ.އޭ.ބްރިޖަރއާއި އިންޖިއަރިން އެޑްވައިޒަރ މިސްޓަރ ޖީ.އޭ. ވިލިއަމްސްއާއި އިގިރޭސި އެމްބެސީގެ 1 ވަނަ ސެކްރެޓެރީ މިސްޓަރ ޕާޓްރިޖް އާއި އަދި މީގެ ކުރިންވެސް މާލެއަށް ޒިޔާރަތްކުރައްވާފައިވާ ބޭކަލަކު ކަމުގައިވާ މިސްޓަރ ޖޭ.ޑަބްލިޔޫ.ރިޖަސް އެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (26)

ކިޔާފައިވާ ޢަދަދު: 2914
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(28 މެއި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބްރައިނީގެ ކުރިމައްޗަށް މިއައި ޗެލެންޖަށް އޭނާގެ ކޮލާއި ލޮލުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އާނއެކެެވެ. މިބާވަތުގެ ކަމެއްގައި ބްރައިނީ ފަހަރެއްގައި ވެސް ދެެރަވެފައެއް ނެތެވެ.
“އެހެން ނަމަވެސް ފަރުވާލެއް ނެތެެވެ. ކަލާ މަރުވުމަކަށް އަޅުގަނޑު ނޭދެމެވެ. އަޅުގަނޑު އެދޭ ގޮތަކީ ކަލާގެ ޢުމުރު ދިގުވުމަށެވެ. ރީތި ހުދު ތުބުޅިއެއް ލިބެންދެން ދިރިހުރުމެވެ. އަޅުގަނޑަށް އެ ތުބުޅީގައި ފުނާ އަޅަން ޖެހޭނެ  ނަމަވެސް އަޅުގަނޑު އެދެނީ އެ ކަމެވެ.” ބްރައިނީ ހީނލާން މަސައްކަތް ކުރިއެވެ.

އޭރުގެ ފަތްފުށްތަކުން…. (74)

ކިޔާފައިވާ ޢަދަދު: 1922
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ސިގިރެޓް އަށާއި މިޔުޒިކްއަށް ލޯބިކުރައްވާ ލީޑަރް

ޕްރެޒިޑެންޓް ޑިގޯލް

حميد


އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

އެންމެ ރީތި ވާހަކަ (4)

ކިޔާފައިވާ ޢަދަދު: 2393
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު އަޖްމަލް ޙާމިދު
(30 މެއި 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެކަލާނގެ އެކަލާނގެ އަޅާގެ ކެތްތެރިކަމުގެ ދަރުމަ ދުނިޔޭގައި ދެއްވިގޮތް ބައްލަވާށެވެ! ޖަލުގައި ނިކަމެތިކުރެވި ދެރަކޮށްލެވި ހިތްދަތިކަން އިޙްސާސްކުރެއްވިއެވެ. ނަމަވެސް އަދު އެކަލާނގެ ރަޙްމަތްފުޅުގެ އަރާމުކަން އިޙްސާސްކުރައްވަނީއެވެ. ވިސްނަވާށެވެ. އެކަލޭގެފާނު ޖަލަށް ނުލެވުނު ނަމަ އެ މަތިވެރި މަޤާމެއް ނުލިބުނީހެވެ. ޒުލައިޚާ ހިތްޕުޅުން އެކަލޭގެފާނު އެ ވައްޓާލެވުނީ އަރައިވަޑައިނުގެންނެވޭނޭފަދަ ފުން ވަޅުގަނޑަކަށެވެ. ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅުން އަދު އެ ހުންނެވީ ކުރިއަށްވުރެ ވެސް އުހުގައެވެ. އެހެނީ ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވޮޑިގެންވެއެވެ. އެ ކަލާނގެ ތަޤްދީރުގެ ފުރިހަމަކަމާއެވެ. ތަދްބީރުގެ މޮޅުކަމާއެވެ.