ބަދުރުގެ މައިދާނުގައި

ކިޔާފައިވާ ޢަދަދު: 3027

ރާަގަކީ: ކަރުޗަލޭ ހަމް ފިދާ

އާދަމް ނަޞީރު އިބްރާހީމް

މަރުދެމުން ޝައުޤުގާ އެތުރިލީ ބަދުރުގާ 

                  ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ
ލަޝްކަރުގެ ބިިޔަކަމާ މެދު ކިބުރުވެރި ވެފާ
    ޢަސްކަރުގެ ބާރު ހުރި ވަރު ހިތަށް ސިފަވެފާ
         މުޝްރިކުން ސަފުހަދައިލީ  ފަޚުރުވެރިވެފާ
              “މުސްލިމުންކޮޅު”  ހަނާ ވާނެޔޭ   ހީވެފާ 
                     މުސްލިމުން ދަރުސެކޭ އާ ދިނީ  ބަދަލުގާ
                          ޙުރުމަތާއެކު ނަބިއްޔާގެ މާތް   އަރިހުގާ

ޔާ ރައްބު!

ކިޔާފައިވާ ޢަދަދު: 3320
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ސާފު ހިތަކައިގެން ދެވޭތޯ ހިތް ޚަލާޞްކޮށް ލޮބުވަތައި
               ސާފުމާތްދީނުގެ  ސަލާމަތް  މަގު  ހިފޭތޯ އެދި އަދައި

ހާދަ ކަންނެތް ލޮޑުކަމެއް އިހުސާސު ކުރެވޭ ވަގުތު ގައި
               ހާދަގަދަ ހިތްވަރު ލެވޭފަދަ ހިންމެވުން  މިންވަރު އަދައި

ހެޔޮ ބަހެއް

ކިޔާފައިވާ ޢަދަދު: 1871
ޢަބްދުއްރަޝީދު ޙުސައިން
ފުރާނަ މި ހަށިގަނޑާ ވަކިވާނެކަން ހަމަ އެންމެނަށް އެނގެޔޭ
          މަރާ ބައްދަލު ވެވޭ ވަގުތެއް އެނގޭ ހަމަ އެކަކުވެސް  ނުވެޔޭ

ޚިޔާލާ ޝައުޤު ކުރިޔަށްލައި ނިޔާފުޅު ހަނދުމަނެތިކޮށްލައި،
          ހިޔާ އަނިޔާގެ ހޯދައިލައި،   އުޅޭ މީހުން  ވަރަށް   ގިނަޔޭ

ރޯދަ ހަދިޔާ – ހަލީސާ (45)

ކިޔާފައިވާ ޢަދަދު: 3128

ރޯދަ ހަދިޔާ – ހަލީސާ (45)

ފާޠިމަތު ޒާރާ

އެކްސިޑެންޓް

ދާރުލްއާޘާރުގައި ބަހައްޓާފައި ހުރި މިސުރުގެ މަމީ (ގަދީމީ މިސުރުގައި މީހުން މަރުވުމުން، ކުނިނުވާގޮތަށް ބޭސްގަނޑަކާއެކު ވަށައިގެން ފޮތި އޮޅާފައި އޮންނަ ގަބުރު) އަކާ ދިމާއަށް ދެމީހަކު ބަލަން ތިބެފައި އެތަނުން އެކަކު ބުންޏެވެ.

ރޯދައިގެ ބަސް

ކިޔާފައިވާ ޢަދަދު: 2295
ރޯނުގޭ ޙަސަން މަނިކު
ރަޙުމަތުގެ އަލިގަދަ ނޫރުތައް މުޅިދޭހުގައި ފަތުރައިދިނިން
            ރަޙުމަތް އިތުރުވާނޭ އެތައް ގިނަ މަގުތަކެއް ދައްކައިދިނިން

އަހަރުގެތެރޭގައި އައި މިއީ މަތިވެރިވި މައްސަރަކަށް ވުމުން
           އަހަރެންގެ ވަޢުޟާ ދަރުސުތައް ހައިކޮށްނުލައި އަންގައިހެދިން

ރޯދަ ހަދިޔާ – ހަލީސާ (44)

ކިޔާފައިވާ ޢަދަދު: 3040

ރޯދަ ހަދިޔާ – ހަލީސާ (44)

ފާޠިމަތު ޒާރާ

ކާވެނީގެ ސެޓުފިކެޓު

މީހަކު އޭނާގެ ކައިވެނީގެ ސެޓުފިކެޓު ނަގައިގެން އޭގެ އެފުށްމިފުށް ބަލަނީއެވެ. މިތަން ބަލަން ހުރެފައި އޭނާގެ އަންހެނުން ސުވާލުކުރިއެވެ. ”މިހާއިރުވަންދެން ތިޔައިން ކޮން އެއްޗެއްތަ ތިޔަ ބަލަނީ؟”
ފިރިމީހާ ޖަވާބު ދިނެވެ. ”މުއްދަތު ހަމަވާ ތާރީޚު ހޯދަނީ.”

ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 4592

ޙަސަން ޝާކިރު މުޙައްމަދު

ފާފައިން ވެވޭ ތައުބާ ވަމާ ހިނގާ!
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ
                     ***

ދޮރުތައްވަނީ މިތާނގައިއެދޭހާ ހުޅުވާލެވޭނޭތެދޭ
                  ޢަޒުމާއެކީ ދަމާ ތައުބާވަމާ  ހިނގާ!

ރޯދަ ހަދިޔާ – ހަލީސާ (43)

ކިޔާފައިވާ ޢަދަދު: 2944

ރޯދަ ހަދިޔާ – ހަލީސާ (43)

ފާޠިމަތު ޒާރާ

އާ ތަޖުރިބާ

ބަފައި މަދިރި އެ ސޮރުގެ ދަރި މަދިރި އަލަށް އުދުއްސައިގަތް ތަން ބަލަން ފަޚުރުވެރިކަމާއެކު އިނެވެ. ދަރި މަދިރި އުދުހި އުދުހިފައި އެނބުރި އައުމުން ބަފައި މަދިރި ސުވާލުކުރިއެވެ. ”ކޮބާ، އާ ތަޖުރިބާ ކިހިނެއް؟”

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 6

ކިޔާފައިވާ ޢަދަދު: 4278

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 6

މުއްލާއަށް އައި ހޭލެއްވުމެއް

ޢައްބާސް އިބްރާހީމް

(7 ޖުލައި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެމުއްސަނދި މީހާގެ ނޯކަރު، އެފައިސާތައް ލިބުމުން މުއްލާއާ ވަކިވެގެންދާން ހިނގައިގެންފައި، މުއްލާއާދިމާއަށް ބުނެލިއެވެ. “އޯކޭ. އަހަރެންބުނާނީ އަހަރެންނާ ކަލޭ އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށް. ކޮންމެއަކަސް މިއަދު އަހަރެމެން މި އެއްބަސްވީ ރަނގަޅު ކަމެއް ކުރުމަކަށްނު!”