ރޯދަ ހަދިޔާ – ހަލީސާ (42)

ކިޔާފައިވާ ޢަދަދު: 3061

ރޯދަ ހަދިޔާ – ހަލީސާ (42)

ފާޠިމަތު ޒާރާ

އުކުނޑި ކޮށްޓުން

މީހަކު ވަރަށް ހަލުއިކޮށް ގޮސް ބޭސްފިހާރައަކަށް ވަދެ، އުކުނޑި ކޮށްޓުން ހުއްޓުވައިދޭނެ ބޭހެއް ދިނުމަށް އެދުނެވެ. ދެން ފިހާރައިގައި ހުރި ބޭސްވިއްކާ މީހާ ކައުންޓަރު މަތީގައި ފެންބޯ ތަށްޓެއް ބެހެއްޓުމަށްފަހު ލަސްލަހުން އެއަށް ފެން އަޅާ އެ ތަށި ފުރުމާއެކު ކުއްލިއަކަށް އަޑުގެ ކޮޅަށް ހަޅޭއްލައިވައިގަނެފައި ބޭސްގަންނަން އައިސް ހުރި މީހާގެ މޫނު މައްޗަށް ފެން ތަށި ޖަހައިފިއެވެ. މިކަމާ އެމީހާ ރުޅި އައިސް ރަތްވެގެން ހަޅޭއްލަވައިގަތެވެ. “ތީ ކީއްކުރަން ކުރި ކަމެއް؟!”

ކުރިއަށް ހިނގަންވީ ހެޔޮމަގުން….!

ކިޔާފައިވާ ޢަދަދު: 2786

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
ހެޔޮމަގުން ކުރިއަށް ހިނގަން ކެތްތެރިވެގެން ހިތްވަރު ކުރޭ!
                       ހެޔޮލަފާ އުޅުމާއި ގުޅުމެއް އަދި ވަކިން ބައްޓަންކުރޭ!

ނިއުމަތާ  ރަހުމަތުގެ އަގުހުރި  ރޯދަމަހުގައި  ހެޔޮއަމަލު
                       އިތުރުކޮށް އަޅުކަން މަތީ ގިނަގުނަ ވަގުތު ފާއިތުކުރޭ!

ވަރަށް އުފަލުގައި އެބަ ތިބިން مسلم ން

ކިޔާފައިވާ ޢަދަދު: 5200
عبــد العزيـــز جمـال أبوبــکر

ފުރައިލައިފި ހިތްތައް އުފާވެރިކަމުން
    މުރާލިވެ نفس ހެޔޮ މި نعمة ތަކުން
           ކުރާ عمل ގައި درجة މަތިވެރިކަމުން
                ފުރާނައިގެ ކާނާ  ލިބޭ  ގިނަ ކަމުން

މިއީ ހެޔޮ شعورއޭ ހިތުން ފުރި އަރާ
         މިއީ ހެޔޮކަމުގެ މައްސަރޭ مغفرة
                މި إيمان ގައި ދާނަމޭ ކުރިއަރައި
                       މިއީ…. މާތް ثواب އާ أجر ގިނަ ކަމުން

ރޯދަ ހަދިޔާ – ހަލީސާ (41)

ކިޔާފައިވާ ޢަދަދު: 3200

ރޯދަ ހަދިޔާ – ހަލީސާ (41)

ފާޠިމަތު ޒާރާ

ބަލިވެއިންތޯ ބަލާނެ މޮޅު ގޮތެއް

ދެމަފިރިއަކު ޑޮކްޓަރަށް ދިޔައެވެ. އަދި އަންހެނުން އިނީ ބަލިވެތޯ ބެލުމަށް ޓެސްޓް ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ޑޮކްޓަރު އެކި ގޮތްގޮތަށް ޗެކްކުރުމަށްފަހު، ކުޑަކުޑަ ސްޓޭމްޕެއް ނަގައި އޭގައި ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު އެ ސްޓޭމްޕް އަންހެން މީހާގެ ބަނޑުގައި ތަތްކޮށްލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އެ ދެމީހުން ފޮނުވާލިއެވެ.

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 5

ކިޔާފައިވާ ޢަދަދު: 4264

މުއްލާ ނަޞީރުއްދީނުގެ ވާހަކަ – 5

މުއްލާ ފައިސާކޮޅެއް ހޯދުން (2)

ޢައްބާސް އިބްރާހީމް

5 ޖުލައި 2014 (ހޮނިހިރު) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
މުއްލާ ޖެހިގެން އޮތް މަގަށް އަޅައިގެން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ހީވީ ކޮންމެވެސް މީހަކު އޭނާގެ ފަހަތުން ދުވަމުން އަންނަ ހެންނެވެ. އަދި ކުއްލިއަކަށް އޭނާއަށް ފެނުނީ އެމުއްސަނދި މީހާގެ ނޯކަރު ކުރިމަތީގައި ހުއްޓައެވެ.
 

ރޯދަ ހަދިޔާ – ހަލީސާ (40)

ކިޔާފައިވާ ޢަދަދު: 3540

ރޯދަ ހަދިޔާ – ހަލީސާ (40)

ފާޠިމަތު ޒާރާ

މޮޅު ޖާދޫއެއް

ބޮޑު ފަސިންޖަރު ލައިނެއްގައި ޖާދޫގެ ކުޅިވަރު ދެއްކުމުގެ މަސައްކަތް ކުރާ ޖާދޫގަރެކެވެ. އެ ބޯޓުގައި އެކި ހަފްތާގައި ދަތުރުކުރަނީ އެކި ފަސިންޖަރުންކަމުން އެއް ހަފުތާގައި މި ޖާދޫގަރު ދައްކާ ޖާދޫ އަނެއް ހަފުތާގައިވެސް ދައްކާލަ ދައްކާލަ މީނާ ހުންނަނީއެވެ.

ރޯދައިން މިތުރާގެ روح އަށް……!

ކިޔާފައިވާ ޢަދަދު: 4692
حســـــن شـــــاكر محمـــــــد

ކޮންކަމެއްތޯ  ރޯދައިން   މިތުރާގެ  روح އަށް  ވެރިކުރީ
        އޮންނަ  އާދަމަތިން  މަޖާކޮށް   ކުޅެއުޅުންތޯ އިސްކުރީ

 
فرض ފަސް ވަގުތައް  جماعةގައި  ނަމާދު  އަދާކުރަން
        فرصة އެއް  ހޯދުން  ތިމާއަށް   ދަތިވެފައިތޯއޭ   ހުރީ

ސާހިބާ (20)

ކިޔާފައިވާ ޢަދަދު: 3781

ފާޠިމަތު ނަހުލާ

(22 ޖޫން 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ފާޚާނާގެ ދޮރުގައި ލެނގިގެން އަވަސް ނޭވާތަކެއްލަމުންދިޔަ މީނާވަނީ ދާހިއްލާފޯވެފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރި އަސަރުތަކެކެވެ. ދެލޯ ބޮޑުކޮށްގެން އޭނާހުރީ އިންތިހާއަށް ބިރުގެންފައެވެ. އޭރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދެއެވެ. މީނާ ފާރުގައި ލެނގިލަމުން ލޯމަރާ ބާރުކޮށްލިއެވެ. މިއަދު އޭނާ ކުރާނީ ކީއްހެއްޔެވެ؟ އޭނާވަނީ ކަންބޮޑުވެގެން ގޮސް ހަލާކުވާން ގާތްވެފައެވެ. ބޮލުގައިވެސް ރިއްސަނީއެވެ. ހަށިގަނޑުގައި ހިރިލާހާވެސް ވަރެއް ނެތެވެ.

ކެރިގެން

ކިޔާފައިވާ ޢަދަދު: 3414

 ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ކެރިގެން ހިނގާ ހިތްވަރު ކުރާން އެނގިފެނިމިވާ ތެދުމަގު ހިގާން
         ކެރިސާބިތުވެ ހެޔޮ ކަންކަމުން ފައިދާ ފަހަށް އަދު އެއްކުރާން

ލިބި ފަހިވެފައި ރަން ފުރުސަތާ  ލިބިފައި  މިވާ މޮޅު  ތަންވަޅާ
         ލިބިފައި މެ ބޭކާރުވެ އަތުން ބީވިޔަ ނުދީ   ގަދަ ބާރު ލާން

ރޯދަ ހަދިޔާ – ހަލީސާ (39)

ކިޔާފައިވާ ޢަދަދު: 3208

ރޯދަ ހަދިޔާ – ހަލީސާ(39)

ފާޠިމަތު ޒާރާ

އަޑު އަހަން ބޭނުން ވާހަކަ

ދިރިއުޅުމުގައި އީޖާބީ ވިސްނުން ބޭނުންކުރުމާ ބެހޭ ގޮތުން ބޭއްވި ސެމިނާއެއް އަޑުއަހަން ގޮސް ތިބި މީހުންގެ ތެރެއިން ތިން މީހަކު ސްޓޭޖް މައްޗަށް އެރުވިއެވެ. އަދި އެ ސެމިނާގައި ވާހަކަ ދައްކަން ގޮސް ހުރި މީހާ އެ ތިން މީހުންނާ ސުވާލުކުރިއެވެ.
”ކަލޭމެން ތިން މީހުން މަރުވުމުން، ކަލޭމެންގެ މޫނު ދެކެން އަންނަ މީހުންގެ ކިބައިން، ކަލޭމެންނާ ބެހޭގޮތުން އަޑުއަހަން ބޭނުންވަނީ ކޮންކަހަލަ ވާހަކައެއް؟”