ހަނދުމަވަނީ (2)

ކިޔާފައިވާ ޢަދަދު: 2655
އަޙުމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ
(16 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އާފާޤްގެ ކޮއްކޮ، އާފިޤްގެ އެއްވެސް ހިލަމެއް ނުވިއެވެ. އާފާޤް އަނެއްކާވެސް އޭނާގެ ކޮއްކޮއަށް ގޮވަންފެށިއެވެ. ކުރިއަށްވުރެން ބާރަށެވެ. އާފިޤްގެ ހިލަމެއް ނުވުމުން، އާފާޤް ކަނޑުތެރެއަށް ފީނާލިއެވެ. އެ އަނދިރި ކަނޑުގެ ތެރެއިން އޭނާގެ ކޮއްކޮގެ ހިލަމެއްވޭތޯ އެވެ.

ކުދިވާހަކަ (53)

ކިޔާފައިވާ ޢަދަދު: 3959

އެތަނާއި މިތަނުން

ކުދިވާހަކަ (53)

ބުއްދިވެރި ޖަވާބު

ޢައްބާސް އިބްރާހީމް
އެއްދުވަހަކު މުއްލާ ނަޞްރުއްދީނު މުއްލާ ނަޞްރުއްދީނު އޭނާގެ ދައްތައަކަށް ގޮވާލަންދާން ވެގެން ދިޔައެވެ. ދައްތަ އިންނަނީ އެހެން ވިލެޖެއްގައިކަމުން އޭނާ ދަތުރު ކުރަމުން ދިޔައީ ވަލުތެރޭގައި އޮތްމަގަކުން ލާފައެވެ. މިގޮތަށް ނަޞްރުއްދީނު ދަނިކޮށް ވަލުތެރޭން ނުކުތް ފޭރޭ މީހުންގެ ބައަކާ ދިމާވެއްޖެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (28)

ކިޔާފައިވާ ޢަދަދު: 3077

ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ

(11 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަހަރެމެންގެ ކައިވެނީގައި ބްރައިޑްސް މެއިޑް އަކަށް ވާން ބެރީ ޤަބޫލުވާނު ހެއްޔެވެ؟” ބެރީ ހީގެންފައި ބުންޏެވެ. “ވަރަށް ޗާލު ބްރައިޑްސް މެއިޑްއަކަށް އަހަރެން ވެދާނަމެވެ. އަދި ކީއްހެއްޔެވެ؟ އަހަރެންގެ ކުއްޖާ އޭނާގެ އަންހެނުން ގޮވައިގެން ގެއަށް އަންނަ ތަން ފެނުމަކީ އަހަންނަށް ލިބޭ ހާދަ ބޮޑު އުފަލަކަށް ވާނެއެވެ.”
ބެރީގެ މި ޖުމްލަ އިވުމާއެކު ބްރައިނީ އޭނާގެ ލޯ މަރާލާފައި ޚިޔާލުގެ ދުނިޔެއަށް އެ ދުވަސް ގެންނަމުން “އެ ދުވަސް ވާނީ އަހަރެންގެ ޙަޔާތުގައި ވެސް ހާދަ ބޮޑު ދުވަހަކަށެވެ.” ވަރަށް މަޑުމަޑުން ބުނެލައިފިއެވެ. އެއަޑު ބެރީ އަށް އިވުނީ ހަމަ ކިރިޔާއެވެ. ބުނިލެއް މަޑު ކަމުންނެވެ.

އެއް ހާސް އަހަރު (ނުވަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2808
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(10 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކޮންތާކަށް އަހަރެން ތި ގެންދަނީ؟” މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

“ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟” ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާ ވެސް ބިޝާރާ ސުވާލުކުރިއެވެ.

ޚާއްޞަ ނަން އަރަތަކަށް ވެއްޖެ

ކިޔާފައިވާ ޢަދަދު: 5914
عبدالعزيزجمال أبوبكر
ވަރަށް ހިތާމަހުރި ކަމެކެވެ. ކިޔަވައިދެއްވާ އެދުރުންނަށް ޚާއްޞަނަމާއި ޢާއްމުނަން ވަކިކުރެއްވުމުގައި އޮޅުން އެރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އެކަމަކު އެކި ބޭބޭފުޅުން ދޭތެރެދޭތެރެއިން އަޅުގަނޑާ ވެސް އެ ސުވާލު އެބަކުރައްވައެވެ. އޮޅުންފިލުވައިދިނީމާ ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. އަނެއް ބައެއް ބޭފުޅުން ގޮތެއް ދުލެއް ނުކުރައްވައެވެ.
ދިވެހި ކިޔަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވާ ބައެއް ބޭފުޅުން އަދި ވެސް މުރަނގަތޮޅި އާއި ފިނިފެންމަލާ ބަނބުކެޔޮ ފަދަ ނަންނަން އެއީ ޚާއްޞަ ނަންކަމުގައި ވަކާލާތުކުރައްވަނީ އެވެ. މިއީ އަރަތަކަށް ވެއްޖެ އެވެ. އެކަމަކު އިނގިރޭސިބަސް ކިޔަވައިދެއްވާ ބޭފުޅުންނަށް “ޕްރޮޕަރ ނައުން” އާއި “ކޮމަން ނައުން” އޮޅިވަޑައިގެނެއް ނޫޅުއްވައެވެ. މިކަން އަރަތަކަށް ވަނީ ވެސް އެހެންވީމައެވެ.

ދިޔަރެސް (21)

ކިޔާފައިވާ ޢަދަދު: 3772
މޫސާ ޞާޢިދު
(9 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ވަސީމް އޭނާގެ ރަޙްމަތްތެރިޔާ ޢަލިމަނިކާއެކު އައިސް އެތަނަށް ވަނީ ޑޮކްޓަރުވެސް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް އަސްޢަދަށް ބާރުލައިދީފައި ދިޔަތަނާހެނެވެ. ޢަލިމަނިކު ފެނުމާއެކު، ސުދާ ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސްއަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. ޢަލިމަނިކަށް އޭނާގެ ވަސް އިޙްސާސް ނުކުރެވޭނެހާ ދުރަށެވެ.
އެތާ ނުހުރެ ތެޅިތެޅި އޮތް ހިތަކާއެކު ސުދާ ދިޔައީ ގެޔަށެވެ. ޢަލިމަނިކަށް ނުފެންނާނެހެން މަންމަ ވެސް ގޮވައިގެނެވެ. އޭރު ވެސް ހޮސްޕިޓަލްގައި ވަރަށްގިނަ އެހީތެރިން އަސްޢަދަށް އެހީތެރިވުމަށްޓަކައި ތިއްބެވެ.

ހަނދުމަވަނީ (1)

ކިޔާފައިވާ ޢަދަދު: 2600
އަޙްމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ


ފެށުން

ހަނދުމަވަނީ’ މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ޙާދިސާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިސާއެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާ ނުވަތަ ޙާދިސާއަކާ ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާ ގުޅުމެއް ވާނަމަ ވެސް އެއީ އިއްތިފާޤުން ދިމާވެފައިވާ ގޮތެކެވެ.


މި ވާހަކަ ލިޔުމުގައި، އުރުދޫ ބަހުން ލިޔެފައިވާ ވާހަކައެއްގެ ޚިޔާލާއި، ބައެއް އިނގިރޭސި ފިލްމުތަކުން ނަގައިފައިވާ ޚިޔާލުތައް ހުންނާނެއެވެ.

ސާހިބާ (18)

ކިޔާފައިވާ ޢަދަދު: 3606
ފާޠިމަތު ނަހުލާ
(8 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މީނާ ތެދުވެ އެނދުގައި އިށީނދެލިއެވެ.އޭނާއަށް މިހާރު ޝަހުދު ދެކެ އެލޯބިވަނީ ކެތްނުކުރެވޭ ވަރަށެވެ. އެހެން ނަމަވެސް ޝަހުދަކަށް އެކަމެއް ނޭނގެއެވެ. ކިތަންމެ ދުވަހެއް ވިޔަސް، ނުބުނަނީހެއް ޝަހުދަކަށް އެކަމެއް ނޭނގޭނެއެވެ. މީނާ އެނދުން ތެދުވެއްޖެއެވެ. އޭނާ ބޭނުންވަނީ ޝަހުދު ގާތަށް ދާށެވެ. އެކަނިވެރި ވަގުތުތައް ޙިއްޞާކުރާނެ މީހަކު ޝަހުދުވެސް ބޭނުންވާނެއެވެ.

އަވަލައިގެން އައި ކަޅުކުކުޅު

ކިޔާފައިވާ ޢަދަދު: 4070

ގަބޫލުކުރަންދަތި ކުރީގެ ވާހަކަ ތަކުގެ ތެރެއިން….

އަވަލައިގެން އައި ކަޅުކުކުޅު

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ޖިންނި އަވަލުމަކީ ވަރަށްކުރީއްސުރެ ވަމުން އަންނަ ކަމެއްކަމުގައި ގަބޫލުކުރެވި  ތަފާތު އެތަކެއް މީހުން އެކިވަކި ގޮތަށް އެފަދަ ވާހަކަތައް ކިޔައިދެމުން އަންނަ، އަދި މިހާރުވެސް އެފަދަ ވާހަކަތައް ދެކެވޭ ކަމެކެވެ. ސަބަބާއި ދޭތެރޭ ވެސް ތަފާތު ވާހަކަތަކެއް ދެކެއެވެ.  އެކަމުގެ ހަގީގީ ސަބަބު ތަކާއި  ސިއްރުތައް ނޭނގުމުގެ ތެރޭގައިވާ ކަމަށް ބޮޑަށް ގަބޫލުކުރަން ޖެހޭ ކަމެކެވެ. މިފަދަ އަވަލުން ނުވަތަ އަޅައިގަތުން އެކި ފަހަރު އެކި މީހުންނަށް ދިމާވެފައި ހުރިކަމަށް ކިޔައިދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. ކުރާ/ ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ އެއްޗަކަށް ކޮންމެވެސް ގޯނާއެއްވެ އުނދަގުލެއްވެގެން އަޅައިގަންނަނީކަމުގައި ބުނެވޭލެއް ތަންކޮޅެއް ގިނަކަމުގައި ފެނެއެވެ. އަނެއް ބަޔަކު ބުނެދޭގޮތުގައި އެއީ ކޮންމެހެން އެކަހަލަކަމެއް ވެގެންވާ ކަމެއްނޫނެވެ. އެއެއްޗެހީގެ ތެރޭގައި ވެސް ހިފިނުހުރެގެން އުޅޭ، ހަމައެއްލަމައެއް ނުގެންގުޅޭ އެއްޗެހި އުޅޭތީ އެ ފަދަ ތަކެތި ހަމަ، އެއްވެސް ކަމަކާނުލައި ވެސް އަޅައިގަނެގެން އުނދަގޫކުރާން ފަށައެވެ.

އަލަށް އުފެދޭ ލަފުޒުތައް (6)

ކިޔާފައިވާ ޢަދަދު: 2387
ލިޔުންތެރީންގެ ގުޅުން
(16 މެއި 2014 (ހުކުރު) ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.