ރަން ޒަމާނުގެ ދިރިއުޅުން ޖެހިދާނެޔޭ އަބަދަށް ފުށުން

ކިޔާފައިވާ ޢަދަދު: 6156
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ގެއްލުމުން އިތުބާރު، އަނބުރައި ހޯދުމީ އުނދަގޫ  ކަމެއް
       ގެއްލުމުން ދެންވާ ގޮތެއް މިންވެސް ނުވާފަދަ ބޮޑު ކަމެއް
                ހެއްލުމެއްގައި  ނުޖެހި  ދެމިހުރުމީ  އެއީ ބޭނުންކަމެއް

ކަންކަމާ މެދުގައި ދެކޭ ގޮތް އިދިވުމީ ޝައްކުގެ  ފެށުން
      ކަންކަމުގެ ވިސްނުން މިހެން ހުންނާނެނީ ގައިމޭ ކުށުން
                ރަން ޒަމާނުގެ ދިރިއުޅުން  ޖެހިދާނެޔޭ  އަބަދަށް ފުށުން

ދެންހެޔޮ! އެކަމަކު… ކީއްވެ؟

ކިޔާފައިވާ ޢަދަދު: 3710
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
މޫނަށް ލަދަށް މިއަދު ހިނިތުންވުން ކަމެއް ނެތޭ
             ފޯނުން ދެވޭ  ޖަވާބުގެ  ވެސް  ބޭނުމެއް  ނެތޭ
  
އޭރުގެ އެ އިންތިޒާރު އުފާ ކުރުވި އެކި އަސަރު
             ބޭރުން އަލުން އެހެން  ހެއްކެއް  ހޯދުމެއް ނެތޭ
 

މާދަރީ ބަހުގެ މުހިއްމުކަން އަޅުގަނޑުމެން ދެނެގަންނާން އެބަޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 4899
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާދަރީ ބަހަކީ ކުޑަދަރިފުޅު އޭނާގެ މައިމީހާގެ އުނގުގައި އޮވެ އެ އުނގުން ދަސްކުރާ ބަހެވެ. އެއީ އޭނާގެ މާ ބޮޑު މަސައްކަތަކާ ނުލައި، މާ ބޮޑު ވިސްނުމެއް ބޭނުންނުކޮށް އަދި އެކަމުގެ ހޭލުންތެރިކަމެއް ޢަމުދުން ނެތީސް ދަސްކުރާ ބަހެވެ. އެއީ އޭނާ ދިރިއުޅޭ މުޖުތަމަޢުގައި ދިރިއުޅުމުގެ ތެރެއިން ޙާޞިލުވާ ބަހެވެ.

ތަޢުލީމުގައި މާދަރީ ބަހުގެ މުހިއްމުކަން

ނޯކަރު

ކިޔާފައިވާ ޢަދަދު: 3311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢާއިޝަތު ނާޖީ
ދަތުރަށް ތައްޔާރު ކުރަމުންދާ ފޮށިގަނޑުތައް ބަންދުކުރުމަށް ގުދުވެ އޮތުމަށްފަހު ތެދުވެ ހިންދަމައިލައި ފުން ނޭވާއެއް ލުމަށްފަހު އަލިބެ ބުނެލިއެވެ. “ބައި މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްގެން އެޅި ގެ ފައްކާކޮށް ނިމުނުއިރަށް އެގޭގައި އުޅޭނެ ފުރުޞަތެއް ވެސް ނުލިބި ފުރައިގެން ދާންޖެހުމުން ހާދަ ހިތަކަށް އަސަރު އެބަ ކުރެޔޭ” ހަސީނާ ހަމަޖެހިލުމާއެކު ޕިސް ކަނޑާލާފައި ބުންޏެވެ.” ދެން އަލިބޭ އެހާ ފިކުރު ކުރާ އެއްޗެއްނޫން…..ފާރޫގު ގެ ބަލާނެ …..ދޯ ފާރޫގު…..! އެހެންނޫނަސް ކީއްކުރާ ގެއެއް؟….. އަހަރެމެންގެ ހުރި ހުރިހައި ވެސް ކަމަކީ  މި ޝާނީ!…. އެ މަންޖެއަށް ކިޔެވެނިކޮށް ނިމުނީ!…. އެއަށްވުރެ ވަކިބޮޑު އުފަލެއް ލިބޭނެތަ؟

ހަމަ މިތާ ގެއްލިއްޖެކަން އެނގުނީމަހޭ ތި އޮތީ ބަލަން؟

ކިޔާފައިވާ ޢަދަދު: 6415
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔެ ވެސް ލަދުގަންނަނީ  ހެޔޮ ބަސް ބުނާތީ އަޑުއަހަން
               ކުނިގަނޑެއް ކަމުގައި ތިމާ ވާތީ، ކަމެއް ރަނގަޅަށް ކުރަން
ދިރިއުޅޭ މީހުން މިތާ  ޣާފިލުވެގެން  މޮޔަވެސް  ވުމުން
               ހިރިނުލައި  ހަމަ އޮންނަނީހޭ  ވާގޮތެއް  ތިޔަހެން  ބަލަން؟

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (17)

ކިޔާފައިވާ ޢަދަދު: 3204
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފް، ހ. ފިލިގަސްދޮށުގެ

(27 ފެބްރުއަރީ 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެއްހަފުތާ ފަހެވެ. ހިޔު ވޭނަރ އޭނާގެ މޭޒު ކައިރީގައި އިށީނދެއްޖެއެވެ. ފޮތުގެ އިތުރު ޞަފުޙާއެއް ފުރައިލެވޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. ނަމަވެސް ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޫހިވެގެން ހުއްޓައިލައިފިއެވެ. ސަބަބަކީ އަތުން ލިޔަމުން ކުރިއަށް ގެންދިޔުމުގެ އުނދަގޫކަން ބޮޑީއެވެ. މީގެ ކުރީގައި ބްރައިނީ ލިޔެދޭއިރު އެއް ދުވަހެއްގެ ތެރޭގައި ކުރެވޭ މަސައްކަތް މިހާރު ހަތް ދުވަހުން ވެސް އޭނާ އަކަށް ނުވެއެވެ. ބްރައިނީ ނެތުމުގެ އުނިކަން އިންތިހާ ދަރަޖައަށް ލިބެން ފަށައިފިއެވެ. އެއްވެސް ދައުރެއްގައި އޭނާގެ އެކުވެރިއަކު ނެތިގެން އެފަދަ ބޮޑު ހިތާމައެއް އުފުލާކަށް އޭނާއަކަށް ނުޖެހެއެވެ. ބްރައިނީ ދިޔަފަހުން ގޭތެރޭއަށް ލިބިފައިވާ ފަޅުކަމުގެ ވާހަކަ ޚުދް މިސިޒް ބެރީ ވެސް ދައްކައެވެ.

ރޯޑުވާ 2

ކިޔާފައިވާ ޢަދަދު: 6705
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ލިޔުންތެރިންގެ ގުޅުމުގެ މި ވެބްސައިޓަށް މި ދިމާވީ އަނެއްކާ ކޮންފަދަ ފެށުމަކާއިބާއެވެ؟ އިސްޓޭޖު ތަމްސީލެއް މާ ރީތިވެ މަގުބޫލުވެގެން، ބަލަން ބޭނުންވާ މީހުން މާ ގިނަވުމުން، ކުރިން ކަނޑައެޅިފައިވާ މުއްދަތު އިތުރު ކުރެއެވެ. ބައެއް ފަހަރު ފިލްމު ބަދަލު ކުރާ ދުވަސް އައުމުންވެސް ބައެއް ސިނަމާގައި އިތުރު ހަފުތާއެއް ދެއެވެ. އެއީ ‘ބެލުން ތެރިންގެ އެދުމުގެ މަތިންނެވެ’!

ސާހިބާ (4)

ކިޔާފައިވާ ޢަދަދު: 4055
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ނަހުލާ

(24 ފެބްރުއަރީ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދިވެސް ޝަހުދު އިނީ ޙައިރާންވެފައެވެ. އިންތިހާއަށެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވެފައިވީ ނަމަވެސް، އޭނާއަށް ފެންނަމުން އެދަނީ ޙަޤީޤަތެއްކަން އެނގުނެވެ. އެހެން ނަމަވެސް، އޭނާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ދެންމެގައި ފެނުނު ނިކަމެތި އިންސާނަކާ ދޭތެރޭގައި ހަމްދަރުދީވެ، އެހާބޮޑު އެހީއެއްވާން އޭނާ އެކަނޑައެޅީ ކީއްވެހެއްޔެވެ؟ އެއީ އޭނާގެ ރަނގަޅުކަމާއި މާތްކަންބާއެވެ! އެކަމަކު އޭނާގެ މޫނުމަތިން އެހާ މާތް ފާޑެއް ނުޖަހައެވެ. އެހެން ހިތަށް އަރުވާކަށްވެސް ނުވާނެއެވެ. އެކަމަކު އެއީ ޝަހުދުގެ ހިތަށް އަރަމުންދިޔަ އެއްޗެކެވެ.

ލާމަސީލު

ކިޔާފައިވާ ޢަދަދު: 6710
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 ހާސަރެއް މިފަހަރު ލިޔަން ފަށަނީ މިކަން އޮތް ގޮތް ބަލަން
              ވާސައެއްގައި  ދިރިއުޅޭ  ހިޔަލައިގެ ސިފަ ރީއްޗަށް ބަލަން

ޖަންބު ގަސްދޮށުގައި ހުރީމޭ  މާ ފޮޅޭ  ތަންތަން  ބަލަން
              ޖަންބުގައި  ދޫ ވެސް ލަމުން ބެލުނީ އެތާ އޮތް ‘އަންބަލަން’

ކަޅުއޮށުގެ ތަޖުރިބާ!

ކިޔާފައިވާ ޢަދަދު: 2926
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
އޮއްސެމުންދާ އިރާދިމާއަށް އެނބުރި ދޮންވެލީ ތުނޑިއެއްގައި އުމުރުގެ ހަތްދިހައިގެ އަހަރުތައް ގުނަމުންދާ އުމުރުން ދުވަސްވީ މީހަކު ތުނޑީގެވެލިގަނޑަށް ފޫ ހަރައިލައި ދެކަކުލުން ލަނބާލައި ފައިކޮޅަށް ޖަހައިގެން ދެއަތުން ދެކަކޫ ވަށާލައި އެއްއަތުން އަނެއް އަތުގެ ކުޑަހުޅުގައި ހިފަހައްޓައިލައިގެން މޫދުގެ ސާފު ލޮނުގަނޑުގެ ތެރޭން ވެލިގަނޑު ހާވައި ކިލާބޮމުންދިޔަ ކަޅުއޮށަކާއި ދިމާއަށް ބަލަން އިނެވެ. އަދި އޭގެ ބަނޑު ދަށުގައި އިނދެގެން ކަޅުއޮށް ހާވައި، ކިލަނބު އަރުވަމުން ދާވެލިގަނޑުން އޭގެރިޒުޤު ލިބިގަންނަމުން ދިޔަ ކޮރަކަތްޔާ ދިމާއަށެވެ.